ކުޅިމަގު އަދި ޖަންގަލް ފައިނަލުން ޖާގައަކަށް ވާދަކުރާއިރު، އިރަމާ އަދި ޔޫތް ވާދަކުރަނީ ސެމީފައިނަލުން ޖާގައަކަށް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިއަދު އޮންނާނެއެވެ.
މިއަދު ހަވީރު ކްލަބް އިރަމާ އަދި ޔުނައިޓެޑް ޔޫތް ނުކުންނާނީ މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރާށެވެ. މިދެޓީމް މިހާތަނަށް މިމުބާރާތުގައި ކުޅުން ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ހަވީރުގެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖްގެ 3 ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގައެއް ލިބޭއިރު ބަލިވާ ޓީމް މުބާރާތުން ކަޓާނެއެވެ. މިމުބާރާތުގައި މިރޭ ކުޅޭ މެޗްގައި ޖަންގަލް ނުކުންނާނީ ކުޅިމަގާއި ދެކޮޅަށެވެ. މިދެޓީމް މިހާތަނަށް މިމުބާރާތުގައި ކުޅުން ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވާ ޓީމަށް ގްރޫޕް ސްޓޭގް އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. މިރޭގެ މެޗުން ބަލިވާ ޓީމަށް ޖެހޭނީ ހަވީރު ކުޅޭ މެޗުން މޮޅުވާ ޓީމާއި ދެކޮޅަށް ސެމީފައިނަލްގައި ކުޅޭށެވެ.
މިމުބާރާތުގައި އިއްޔަ ދެ މެޗްކުޅުނެވެ. އިއްޔަގެ ފުރަތަމަ މެޗް ކްލަބް އިރަމާ އާއި ވާދަކޮށް 3-1 ސެޓުން ކާމިޔާބުކުރީ ކުޅިމަގު ޓީމެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ ހުސައިން ފަސީންއެވެ. އިއްޔަގެ ދެވަނަ މެޗްގައި ސީދާ 3 ސެޓުން ޖަންގަލްވަނީ ޔުނައިޓެޑް ޔޫތް ބަލިކޮށްފައެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ މުހައްމަދު ރިމާޒްއެވެ.
މިމަހުގެ 12 އިން 17 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ގްރޫޕް ސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ޓީމްގެ މެޗްގެ ކުޅޭ ސެމީފައިނަލްއިން މޮޅުވާ ޓީމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ފަށަނީ
1 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – ކުޅިމަގު ފައިނަލަށް ދަތުރުކޮއްފި
15 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް މިމަހުގެ 12 އިން 17 އަށް
9 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް