ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – ކުޅިމަގު ފައިނަލަށް ދަތުރުކޮއްފި
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، ގެ ފައިނަލަށް ކުޅިމަގު ދަތުރުކޮށްފިއެވެ.
މިމުބާރާތުގެ ފައިނަލަށް ކުޅިމަގު ދަތުރުކުރީ ރޭ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ސީދާ 3 ސެޓުން ޖަންގަލް ބަލިކޮށްގެންނެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ އިބްރާހިމް ފަޒީލްއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅިމަގު ކުޅުނު ހުރިހާމެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދިއިރު ދެވަނައަށްދިޔަ ޖަންގަލްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެހެންކަމުން މިރޭ ކުޅޭ ސެމީފައިނަލް މެޗްގައި ބައްދަލުކުރާނީ ޖަންގަލް އަދި 3 ޕޮއިންޓާއި އެކު ގްރޫޕް ސްޓޭޖުން 3 ވަނަ ހޯދި ކްލަބް އިރަމާއެވެ. މިމަހުގެ 12 އިން 17 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ފަށަނީ
1 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ކުޅިމަގު އަދި ޖަންގަލް ފައިނަލުން ޖާގައަކަށް ވާދަކުރާއިރު، އިރަމާ އަދި ޔޫތް ވާދަކުރަނީ ސެމީފައިނަލުން ޖާގައަކަށް
14 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް