ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024، ގެ ޗެމްޕިއަންކަން ކުޑަކަތީބު މަގު ހޯދައިފިއެވެ. އެޓީމް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭކުޅުނު ފައިނަލް މެޗްގައި ބޮޑުމަގު ބަލިކޮށްގެންނެވެ.
ފައިނަލް މެޗް ކުޑަކަތީބު މަގު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗްގެ ސެޓްތައް ކުޑަކަތީބު މަގު ޓީމުން ގެންދިޔައީ 25-13، 25-16 އަދި 25-16 އިންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، ކުޑަކަތީބު މަގު ޓީމްގެ ޖާޒީ ނަންބަރު 14 ފާތިމަތު ތޮހޫރާއެވެ.
މިމުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ ހޯރަފުށި ޓީމެވެ. މިމުބާރާތުގެ ރަނަރަޕް ޓީމް، ބޮޑުމަގަށް 5000ރ ގެ ފައިސާގެ އިނާމު ދީފައިވާއިރު ޗެމްޕިއަން ޓީމް ކުޑަކަތީބު މަގަށްވަނީ 15000ރ ގެ ފައިސާގެ އިނާމު ދީފައެވެ.
މުބާރާތުގެ މުހިއްމު ވަނަތައް:
މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: ކުޑަކަތީބު މަގު ޓީމްގެ ޖާޒީނަންބަރު 12 އައިރީން އިބްރާހިމް
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން:
– ކުޑަކަތީބު މަގު ޓީމްގެ ފާތިމަތު ތޮހޫރާ
– ބޮޑުމަގު ޓީމްގެ އީނަތު
– ކުޑަކަތީބު މަގު ޓީމްގެ އައިރީން އިބްރާހިމް
– ބޮޑުމަގު ޓީމް ޝުހުމީލާ އަބުދުލް ހަކީމް
_ ކުޑަކަތީބު މަގު ޓީމްގެ އައިޝަތު އަޒުހާރާ
– ސެންސިޓީ ޓީމްގެ ހައްވާ ސަހާ
އެންމެ މޮޅު ލިބަރޯ: ކުޑަކަތީބު މަގު ޓީމްގެ ފާތިމަތު ޒާހިރާ
އެންމެ މޮޅު ކޯޗް: ކުޑަކަތީބު މަގު ޓީމްގެ އަހްމަދު އަބުދުއް ސަމަދު
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޑަކަތީބު މަގު ހޯދައިފި
ގުޅުން ހުރެދާނެ ލިޔުން
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024: ބޮޑުމަގާއި ކުޑަކަތީބު މަގު މުބާރާތްފެށީ މޮޅަކުން
21 - އޮކްޓޯބަރު - 2024
މުޙައްމާ ކަޕް 2019 އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖަންގަލް އަށް
16 - ޖެނުއަރީ - 2019
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
4 ޓީމް ހަމަވެ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް ބާއްވަނީ
7 - ސެޕްޓެމްބަރު - 2025
ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން، ޖެހިޖެހިގެން 3 ވަނަ ފަހަރަށް އިރަމާ ހޯދައިފި
10 - ޖޫން - 2025
އިހަވަންދޫ އަތުން އަތުން ބަދަލު ހިފައި، މުރައިދޫ ތިލައުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
24 - ނޮވެމްބަރު - 2024
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް މިމަހު 20 ގައި ފަށަނީ
18 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ޣާޒީ ކަޕްގެ 19 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސެންސިޓީ ހޯދައިފި
5 - އޮކްޓޯބަރު - 2024
ވައުދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އިރަމާއިން ދިފާއުކޮށްފި
20 - ޖޫން - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް