ކައުންސިލްގެ އެހީތެރިކަމަކާއިއެކު މާދަމާ އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މާދަމާއިން ފެށިގެން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ޚިދުމަތް ފައްޓަވައި ދެއްވާނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. ރައީސުލް ޖުމްހޫރިއްޔާ މާދަމާ އިހަވަންދޫއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް ވިދާޅުވި ގޮތުގައި، މި ދެ ޚިދުމަތް ފެށުމަށްޓަކައި ކައުންސިލުން 700,000 ރުފިޔާ ޚަރަދުކުރާނެއެވެ. އަދި މިހާރު ކައުންސިލުން ދަނީ މި ޚިދުމަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.
އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މިފަށަނީ، ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެވުޒާރާގެ ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައި އެކަމަށް ކަނޑައަޅައިފައިވާ މުއްދަތަށްވުރެ އަވަހަށްކަން ފާހަގަކުރެވެއެވެ.
މިހާރުވެސް އިހަވަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ލިބެމުންދެއެވެ. ނަމަވެސް އައިޑީކާޑު ޕްރިންޓްކޮށްގެން ގެންނަނީ މާލެއިން ކަމަށްވުމާއެކު، އައިޑީކާޑު އަތަށް ލިބުމުގައި ލަސްތަކެއް ވެގެންދެއެވެ. އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދޭން ފެށުމާއެކު ޚިދުމަތުގެ ސްޕީޑު އަވަސްވެގެންދާނެއެވެ. މީގެއިތުރުން، އިހަވަންދޫއިން ޕާސްޕޯޓު ދޫކުރަން ފެށުމާއެކު، ޕާސްޕޯޓު ނަގަން ދަތުރުކޮށްފައި ދިއްދޫ ނުވަތަ ކުޅުދުއްފުށްޓަށް ދާންޖެހޭ ދަތުރަށް ނިމުމެއް އަންނާނެއެވެ. މިކަމުގެ ސަބަބުން އިހަވަންދޫގެ ރައްޔިތުންނަށް ވަގުތާއި ފައިސާ ސަލާމަތްވެގެންދާނެއެވެ. މި ދެ ޚިދުމަތް އިހަވަންދޫގައި ފެށުމަކީ ރަށުގެ ރައްޔިތުންނަށް އަދި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރަންފެށިފަހުން 105 ކާޑް ޕްރިންޓްކޮށްފި
3 - ޖޫން - 2025
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓުކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި
29 - ޖެނުއަރީ - 2025
އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށަނީ
23 - ޖެނުއަރީ - 2025
ކުޑަކުދިންގެ ޕާކު ކެފޭ ހަވާލުކުރަން ހަޒް އިންވެސްޓްމަންޓްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި
2 - ނޮވެމްބަރު - 2026
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
އޯޕަން ސްޓޭޖް ގޯތިތެރޭގައި މައިޒާނެއް ހަދައިދިނުމަށް 'މެކްސްއެމް' އާއި ހަވާލުކޮށްފި...
27 - އޮކްޓޯބަރު - 2026
ރަޟިއްޔާ އަދި ޝަހީރާ، މޯލްޑިވްސް އެކްސްޕޯ 2026 އިން ރަންވަނަތަކެއް ހޯދައިފި
26 - އޮކްޓޯބަރު - 2026
ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު ހިންގާނެގޮތުގެ އުސޫލު ފާސްކޮށްފި
22 - އޮކްޓޯބަރު - 2026
އިހަވަންދޫގައި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ލައިސަންސް ނެގުމުގެ ފުރުސަތު ހުޅުވާލައިފި
21 - އޮކްޓޯބަރު - 2026
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި
20 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް