އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރަންފެށިފަހުން 105 ކާޑް ޕްރިންޓްކޮށްފި
އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރަން ފެށިފަހުން މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް 105 އައިޑީ ކާޑް ޕްރިންޓްކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން މައުލޫމާތު ދީފިއެވެ. މިނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އެޑިޕާޓްމަންޓުން މައުލޫމާތު ދިންގޮތުގައި އޭގެ ތެރޭގައި ހިމެނެނީ އިހަވަންދޫއަށް ނިސްބަތްވާ 78 ފަރާތެއްގެ ކާޑައި އެހެން ރަށްރަށަށް ނިސްބަތްވާ 28 ފަރާތެއްގެ ކާޑެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް އިހަވަންދޫގައި ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެޚިދުމަތް އިފްތިތާހް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގަ އެވެ.
ކުރިންވެސް އިހަވަންދޫގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ލިބެމުންދިޔައެވެ. ނަމަވެސް އައިޑީކާޑު ޕްރިންޓްކޮށްގެން ގެންނަނީ މާލެއިން ކަމަށްވުމާއެކު، އައިޑީކާޑު އަތަށް ލިބުމުގައި ލަސްތަކެއް ވެގެންދެއެވެ. އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ދޭން ފެށުމާއެކު ޚިދުމަތުގެ ސްޕީޑު ވަނީ ވަރަށްބޮޑަށް އަވަސްވެފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ. ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓުކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި
29 - ޖެނުއަރީ - 2025
ކައުންސިލްގެ އެހީތެރިކަމަކާއިއެކު މާދަމާ އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ
28 - ޖެނުއަރީ - 2025
ކޮވިޑް-19: އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ
5 - އޭޕްރީލް - 2020
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް