އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިހަވަންދޫއަށް ވަޑައިގެން، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާ އެއްގޮތަށް، ހއ. އިހަވަންދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ސަރުކާރުން ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރަން ނިންމާފައިވާ 5 ރަށުގެ ތެރޭގައި އިހަވަންދޫ ހިމެނޭއިރު، އެކަމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީއިންވަނީ ފަށައިފައެވެ. މިގޮތުން، އެމިނިސްޓްރީއިން ވަނީ އިހަވަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެޅުމަށް ބޭނުންވާ ބިން ހަމަޖައްސައި ދިނުމަށް އިހަވަންދޫ ކައުންސިލްގައި އެދިފައެވެ.
އެމިނިސްޓްރީއިން މިކަމަށް ބޭނުންވަނީ 180*150 ފޫޓްގެ ޖުމްލަ 27،000 އަކަފޫޓްގެ ބިމެކެވެ. މިކަމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީއިން އެދިވަޑައިގެންފައިވާ ބިން، އެންމެ އަވަހަށް ބޭއްވޭ އިހަވަންދޫ ކައުންސިލްގެ ޖަލްސާގައި ކަނޑައަޅުއްވާނެ ކަމަށެވެ.
އިހަވަންދޫގެ އިތުރުން ސްޕޯރޓްސް ކޮމްޕްލެކްސް އަޅުމަށް ނިންމާފައިވަނީ އޭދަފުށި، މާމިނގިލި، ލ. ގަން އަދި ލ. ފޮނަދޫގައެވެ. ސްޕޯޓްސް މިނިސްޓްރީއިން މިހާރުވެސް އިހަވަންދޫގައި އަންނަނީ ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެއީ އިހަވަންދޫ ހުރަވީދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ.
ގުޅުން ހުރެދާނެ ލިޔުން
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އައުޓްޑޯރ ޖިމެއް ތަރައްޤީ ކުރުމަށް 2000 އަކަފޫޓްގެ ބިމެއް ދީފި
22 - މާރިޗު - 2025
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް އިހަވަންދޫގައި ކުރިޔަށްގެންދަނީ، ފުރުސަތު ގިނަވެގެން 30 ބައިވެރިޔަކަށް...
31 - މާރިޗު - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް