މަރްޙޫމް ޙުސައިން ޒުހައިރުގެ 17 ވަނަ ހަނދާނީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަލްމަރްޙޫމް ޙުސައިން ޒުހައިރުގެ 17 ވަނަ ހަނދާނީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ރަމްޟާންމަހާ ދިމާކޮށް އިމަގު ޖަމިއްޔާއިން ޤުރުއާން މުބާރާތް ބާއްވާ އިރު މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހިނގާ އޭޕްރީލް މަހުގެ 16 ވާ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިއީ މިޖަމިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ދީނީކަންކަމަށް ރަށުގެ މުޖުތަމަޢު ހޭލުންތެރިކޮށް، ތަރުބަވީ ޖީލެއް ބިނާކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުބާރާތެއް ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ. މި ގޮތުން މި މުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާ މިހާތަނަށް 17 އަހަރުވެފައިވާއިރު މީގެ ކުރިން މި މުބާރާތް އެންމެ އާދައިގެ ގޮތެއްގައި ކުރިއަށް ގެންދިނަމަވެސް މިހާރުވަނީ މުބާރާތަށް ތަފާތު އެތައް ބަދަލުތަކެއް ގެނެވިފައެވެ.
އިހަވަންދޫގައި ކީރިތި ޤުރުޢާނުގެ ހަމަތަކުގެ މަތީން އުނގެނުމާއި، އުނގަންނާދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި އިހަވަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް ލޯބި ޖެއްސުމާއި، ޤުރުޢާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވޭ ޤަޢުމީ ޤުރުޢާން މުބާރާތާއި އަތޮޅު ޤުރުޢާން މުބާރާތުގައި ބައިވެރިކުރާނޭ ކުދިން ހޮވުމުގެ މަޤުސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގެ ރައްޔިތުންނާއި އިހަވަންދޫގައި ދިރިއުޅޭ ފަރާތްތަކަށެވެ.
މިމުބާރާތުގެ 1 ވަނަ އަށްދާ ފަރާތަކަށް10،000 ރުފިޔާގެ ފައިސާގެ އިނާމް އަދި 2 ވަނަ އަށް ހޮވޭ ބައިވެރިއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވާ ކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވައެވެ.
މުބާރާތުގެ ގަވާއިދު އިމަގު ޖަމިއްޔާގެ ރަސްމީ ފޭސްބުކު އެކައުންޓުން ލިބެން ހުރިއިރު، ގޫގުލް ފޯމެއް ފުރާލައިގެން މިމުބާރާތުގައި ބައިވެރިވެވޭނެ އެވެ. (މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު)
އިމަގު ޖަމިއްޔާއިން ބާއްވާ ޤުރުއާން މުބާރާތުގެ ނަން "އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދެވެނީ އެ ޖަމިއްޔާގެ އެއް މުއައްސިސްކަމަށްވާ ހއ. އިހަވަންދޫ ވައިޖެހޭގެ (ހ. ރިވޯރޑް) ހުސައިން ޒުހައިރުގެ ނަން ދިރުވާ އާލާކޮށް، އެ މަރްޙޫމްގެ ޒިކުރާ އާލާކުރުމުގެ މަޤްޞަދުގައެވެ.
މިދިޔަ އަހަރު އިމަގު ޖަމިއްޔާއިން ބޭއްވި އަލްމަރްޙޫމް ޙުސައިން ޒުހައިރުގެ 16 ވަނަ ހަނދާނީ ޤުރުއާން މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައި ވަނީ ހއ. އިހަވަންދޫ ބުލްބުލާގެ ފާތިމަތު ނަދުވާ އެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް
9 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް
25 - މާރިޗު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް