އިމަގު ބާރަނަ ފުޓުސަލް ޗެލެންޖުގައި ބައިވެރިވުމުގެ ސުންގަޑި މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް
ހއ. އިހަވަންދޫ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިހަވަންދޫގެ މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓުސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެޖަމިއްޔާއިން ހުޅުވާލައިފިއެވެ.
އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތަކީ އިހަވަންދޫ ގެ މަސްވެރިންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމަށާއި، ރަށުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ރަށުގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ރަށުގެ މަސްވެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކޮށް، ފުޓުސެލްއަށް އަހުލުވެރި މަސްވެރި ޒުވާން ޖީލެއް އުފެއްދުމުގެ މަޤްޞަދުގައި އެޖަމިއްޔާއިން ބާއްވާ ފުޓްސަލް މުބާރާތެކެވެ.
ބާރަނަ ޗެލެންޖުގައި ބައިވެރިވެވޭނީ އިހަވަންދޫ ގެ މަސްވެރިންނަށް ކަމަށާއި މި ގޮތުން އިހަވަންދޫ ގައި ދުއްވާ ދޯނި ފަހަރުގެ ތެރެއިން ކަންނެލީގެ މަސްވެރިކަމާއި ކަނޑު މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ އިހަވަންދޫ ގެ ކޮންމެ މަސްވެރި ދޯންޏެއްގައި މަހަންދާ ކޮންމެ މަސްވެރިއަކަށް އެ ދޯންޏެއްގައި މަހަށްދާތާ ދޮޅުމަސް ދުވަސް (45 ދުވަސް) ވެފައިވާ ކޮންމެ މީހަކަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރައްވައެވެ.
މަސްވެރި ފިރިހެނުންނަށް އަމާޒުކުރެވޭ މިމުބާރާތުގައި ކޮންމެ ޓީމެއްގައި ވެސް މަސްވެރިކަމުގައި ހަރަކާތްތެރި ނުވާ 3 ކުޅުންތެރިއަކު ޓީމް ލިސްޓްގައި ހިމެނުމުގެ ފުރުސަތު މުބާރާތް ހިންގާ ޤަވާއިދުން ވަނީ ދީފައެވެ. ނަމަވެސް ކުޅެން އެރޭނީ އެއް ފަހަރާ ދެ ކުޅުންތެރިންނަށް ކަމަށް ޤަވާއިދުގައި ވެއެވެ.
އިމަގު ބާރަނަ ޗެލެންޖުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 10 މޭ 2021 ވާ ހޯމަ ދުވަހުގެ ކުރިންނެވެ. މިފޯމު އިމަގު ޖަމިއްޔާގެ ރަސްމީ ފޭސްބުކު ޕޭޖުން ޑައުންލޯޑު ކުރެވޭނެ އެވެ.
އިމަގު ބާރަނަ ޗެލެންޖުގައި ބައިވެރިވުމަށް އެދޭ ފޯމު
ގުޅުން ހުރެދާނެ ލިޔުން
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް
9 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް
25 - މާރިޗު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް