އިހަވަންދޫގެ އިންތިހާބީ ކައުންސިލް ހުވާކުރައްވައިފި
ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުން ހުވާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު 2:00 ގައި ހއ. އިހަވަންދޫ އިމަގު ޖަމިއްޔާގެ ހޯލުގައި މިކަމަށް ބޭއްވި ދަރުބާރުގައި އިހަވަންދޫ ކައުންސިލަށް އިންތިހާބު ވެފައިވާ 7 މެމްބަރުން ހުވާކުރެއްވުމާއި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އިންތިހާބުވެފައިވާ 5 މެމްބަރުން އިޤުރާރު ގައި ސޮއި ކުރުން އޮތެވެ.
އިންތިހާބީ ކައުންސިލަރުންނަށް ހުވާލައިދެއްވީ ހއ. އިހަވަންދޫ މެޖިސްޓުރޭޓު ކޯޓުގެ މެޖިސްޓުރޭޓު އަލްފާޟިލް މޫސާ އިބްރާހިމް އެވެ. ކައުންސިލަރުން ވަނީ ހުވާކުރެއްވުމަށްފަހު ހުވާގެ އިޤުރާރުގައި ސޮއި ކުރައްވާފައެވެ.
ހއ. އިހަވަންދޫ ކައުންސިލަށް އިންތިހާބު ވެފައި ވަނީ
ކައުންސިލްގެ ރައީސް: އަޙްމަދު ޞަބާޙު ހަނދުވަރީނާޒު / ހއ. އިހަވަންދޫ
ކައުންސިލް މެމްބަރ:
މުޙައްމަދު ޢަރީބު، ޖަވާހިރުވާދީ / ހއ. އިހަވަންދޫ
މުޙައްމަދު ޒާހިރު، ޙަސަން ބަގީޗާގެ / ހއ. އިހަވަންދޫ
އަޙްމަދު ރިޟްވާން، ހޯރަ / ހއ. އިހަވަންދޫ
ފާޠިމަތު ޝަނީޒާ، މަންޒަރުގެ / ހއ. އިހަވަންދޫ
ޙަލީމަތު ސުމާ، އިވްނިންގްއުފާ / ހއ. އިހަވަންދޫ
މަރްޔަމް ޝިފާޒާ، ޢަންބަރީގެ / ހއ. އިހަވަންދޫ
ހއ. އިހަވަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބު ވެފައި ވަނީ
ޙައްވާ މޫސާ، ރެޑްސްޓަރ / ހއ. އިހަވަންދޫ
ނާޞިރާ ޢަބްދުލްވާޙިދު، ހުޅަނގުމަތީގެ / ހއ. އިހަވަންދޫ
ނަޝީދާ ޢަބްދުﷲ، އުސްހަކުރުގެ / ހއ. އިހަވަންދޫ
ރަޝީދާ ޙަސަން، އަތަމާގެ / ހއ. އިހަވަންދޫ
ޙައްވާ ޙަސަން، ފެހިފަރުދާގެ / ހއ. އިހަވަންދޫ
ނިމިދިޔަ 3 ވަނަ ދައުރުގައި ކައުންސިލަރުންގެ ޢަދަދު މަދު ނަމަވެސް މި ދައުރުގައި 2000 ން ދަށުގެ އާބާދީއަށް 5 ކައުންސިލަރުން އަދި 2000 ން މަތީގެ އާބާދީއަށް 7 ކައުންސިލަރުން އިންތިޚާބު ކޮށްފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް