ޚަބަރު

އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސްކަމަށް އަރީބް އިންތިހާބުކޮށްފި!

އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސްކަމަށް އަރީބް އިންތިހާބުކޮށްފި!
Advertisement Advertisement
އިހަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ނައިބް ރައީސްކަމުގެ މަޤާމަށް، ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލް ގޮޑި ކާމިޔާބުކުރެއްވި ހއ. އިހަވަންދޫ، ޖަވާހިރުވާދީ މުހައްމަދު އަރީބް އިންތިހާބުކޮށްފިއެވެ. ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިހަވަންދޫ ކައުންސިލްގެ ނައިބުރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތިލައްވާފައި ވަނީ މުހައްމަދު އަރީބްގެ އިތުރުން މަރިޔަމް ޝިފާޒާއެވެ. ކައުންސިލަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓު އަރީބް ކާމިޔާބު ކުރެއްވީ 6 ވޯޓް ހޯއްދަވައިގެންނެވެ. އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް އިންތިހާބުވި ހަމައެކަނި ކައުންސިލަރު މަރިޔަމް ޝިފާޒާއަށް ލިބިލެއްވީ އެންމެ ވޯޓެކެވެ. އަރީބް އަކީ ކުރިން އިހަވަންދޫ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިޖްތިމާއި ހަރަކާތްތަކުގެ ކުރީ ސަފުންވެސް ފެނިގެންދާ ފަރާތެއްކަން ފާހަގަކުރެވެއެވެ.  

ކޮމެންޓް

އަދި ކޮމެންޓެއް ނެތް