އައު ކައުންސިލުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އިޒްރޭލުން ހިންގަމުންދާ ގަތުލް އާންމު ކުށްވެރިކުރުން- ޝިފާޒާ
އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރަކަށް އިންތިހާބުވި އައު ކައުންސިލްގެ މަސައްކަތްތައް މާދަމާ ފެށޭއިރު، އަލަށް އިންތިހާބުވި ކައުންސިލުން އެންމެފުރަތަމަ ކުރަންވީ ކަމަކީ އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅަށް އިހަވަންދޫ ރައްޔިތުންވެސް ތިބިކަން ހަމަކުރުން ކަމަށް ކައުންސިލަރު މަރިޔަމް ޝިފާޒާ ވިދާޅުވެއްޖެއެވެ.
ޝިފާޒާ ވިދާޅުވީ، އައު ކައުންސިލްގެ މާދަމާގެ ޖަލްސާގައި އެންމެ އިހު ކަމެއް ގޮތުގައި ކުރުން ލާޒިމުވެފައިވާ ކަމަކީ އިޒްރޭލުގެ ހައްދުފަހަނައެޅި އަނިޔާވެރި ސަރުކާރުން ފަލަސްތީނުގެ ލޮބުވެތި މައުސޫމު މުސްލިމުންނާމެދު ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އިހަވަންދޫ ރައްޔިތުން ވެސް ތިބިކަން ހާމަކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ރުކުރުވާލުން ކަމުގައެވެ. އެކަން އެޖެންޑާގައި ހިމަނައިދިނުމަށް ކައުންސިލްގެ ރައީސަށް މިރޭ ދަންނަވާނެކަމަށްވެސް ޝިފާޒާ ވިދާޅުވިއެވެ.
އިޒްރޭލާ ދެކޮޅަށް ދިވެހިންނާއި މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.
ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް