ކައުންސިލްގެ ޖަލްސާތައް ލައިވްކުރަން ޝިފާޒާ ހުށަހަޅައިފި
އިހަވަންދޫ ކައުންސިލްގެ އާންމު ބައްދަލުވުންތައް ލައިވްކުރަން ކައުންސިލަރު މަރިޔަމް ޝިފާޒާ ހުށަހަޅުއްވައިފިއެވެ.
ޝިފާޒާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބަޔާންކުރައްވާފައި ވަނީ ކައުންސިލުން ކުރާ މަޝްވަރާތައް ރައްޔިތުންނަށް އިވެން ޖެހޭ ކަމަށާއި، ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.
"ރައްޔިތުންނާ ސިއްރުކުރަން ޖެހޭ، ސިއްރުން ކުރަން ޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ" ޝިފާޒާ ލިޔުއްވާފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އާންމު ބައްދަލުވުންތައް ލައިވްކުރަމުންދާކަން ބަޔާންކުރައްވަމުން، އިހަވަންދޫ ކައުންސިލްގެ ޖަލްސާތައް ވެސް ލައިވް ނުކުރެވެންވީ ބަހަނާއެއް އޮވެގެން ނުވާނެ ކަމަށް ޝިފާޒާ ލިޔުއްވާފައިވެއެވެ.
ޖަވާބުދާރީވާ ޒިންމާދާރު ހާމަކަންބޮޑު ނަޒާހާތްތެރި ކައުންސިލަކަށްވުމަށްޓަކައި ތިން ކަމެއް ކުރަން ހުށަހަޅާނެ ކަމަށް ޝިފާޒާގެ ޕޯސްޓްގައި ވެއެވެ. އެއީ
- ކައުންސިލްގެ އާންމު ބައްދަލުވުންތަކުގެ އެޖެންޑާ ހާމަކުރުން
- ކައުންސިލްގެ އާންމު ބައްދަލުވުންތައް މީސްމީޑިއާގައި ލައިވްކުރުން
- ކައުންސިލްގެ އާންމު ބައްދަލުވުންތަކުގެ ނިންމުންތައް އާންމުކުރުން
އިހަވަންދޫން ވީހާވެސް އަވަހަކަށް ގޯތި ދޫކުރުމަށް ވެސް ޝިފާޒާ މި ފަހުން ކައުންސިލަށް ހުށަހެޅިއެވެ. އަދި ހޯރަފުށީ އެއާޕޯޓްގައި ޖެޓީ އެޅުމުގެ މަޝްރޫއު ލަސްވެފައި ވާތީ އެކަމާމެދު ކައުންސިލަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް މިއިން އެއްވެސްކަމެއް ކައުންސިލްގެ ޖަލްސާތަކަށް މިހާތަނަށް އެޖެންޑާކޮށްފައެއް ނުވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް