ތަރައްގީގެ ޕްލޭން ކޮމިޓީއަށް އާމުންގެ ފަރާތުން ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ކުރިޔަށްއޮތް ފަސް އަހަރަށް (2021 އިން 2026 އަށް) އިހަވަންދޫގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް އެކުލަވާލާ ކޮމިޓީއަށް އާނމުންގެ ފަރާތުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާއިން މިކަމާއިގުޅިގެން އާންމުކޮށްފައިވާ އިއުލާނުގައިވަނީ އެކަމަށް ޝައުގުވެރިވާ އާންމުން އިހަވަންދޫ ކައުންސިލްގެ ނަންބަރު 6500013 ގުޅައިގެން ނުވަތަ ގޫގަލް ފޯމެއް ފުރައިގެން މިހިނގާ ޖުލައިމަހުގެ 6 އެއްވާ އަންގާރަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދުމަށެވެ. އާންމުންގެ ތެރެއިން، ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް އެކުލަވާލާ ކޮމިޓީއަށް އައްޔަންކުރާނީ ކިތައް ބޭފުޅުންނެއްކަމެއް އަދި އެފަރާތްތައް އައްޔަންކުރާނެ މިންގަނޑެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައިވާގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވުމުގެ ޒިންމާ މަތިކޮށްފައިވަނީ ރަށުކައުންސިލް ތަކަށެވެ. އަދި އެގާނޫނުގެ 76 ވަނަ މާއްދާގައި ވާގޮތުން ރަށުގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މަށްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުން އަމިއްލަ ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށް ފައިސާ އާއި ފަންނީ އަދި އެހެނިހެން އެހީ ދެވިދާނެއެވެ. އަދި ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައިވާ މަސްރޫއުތައް ތަންފީޒުކުރުމަށްޓަކައި ރާއްޖޭގެ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުން ލޯނު ނެގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިދޭއިރު ބޭރުގެ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން އެހީތެރިކަން ހޯދާނަމަ ސަރުކާރު މެދުވެރިކުރަންޖެހެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް