އިހަވަންދޫ ކައުންސިލުން ކުނި އުކާދިނުމުގެ ހިދުމަތް ދެނީ
އަންނަ ފެބުރުވަރީމަހުން ފެށިގެން ހއ.އިހަވަންދޫ ކައުންސިލުން ކުނި އުކާދިނުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިގޮތުން އިހަވަންދޫ ކައުންސިލުން ވަނީ ކުނިއުކުމުގެ ހިދުމަތް ހޯދުމަށް އެދި ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފައެވެ. ކައުންސިލުން ކުނި އުކާދިނުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ގޭބިސީތަކުން މަހަކަށް -/150 ރުފިޔާއަށް އަދި ވިޔަފާރިތަކާއި އެހެނިހެން އޮފީސްތަކުން މަހަކަށް -/250 ރުފިޔާ އަށެވެ.
އިހަވަންދޫ ކައުންސިލުން ކުނިއުކާދިނުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވާއިރު، އެމަސައްކަތަށްޓަކައި ކައުންސިލް އަށް މިހާރު ވަނީ ޕިކަޕެއް ގެނެސްފައެވެ. އަދި ކުނިއުކުމުގެ މަސައްކަތް ކުރުމަށްޓަކައި މުވައްޒަފުން ހޯދުމަށް ވެސް ވަނީ އިޢުލާނު ކޮށްފައެވެ.
މިއީ، އިހަވަންދޫ ކައުންސިލްގެ ފަރާތުން އިސްވެ ކުނިއުކުމުގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިހަވަންދޫގައި ކުނިއުކާދިނުމުގެ ހިދުމަތް ރަސްމީގޮތެއްގައި ދީފައި ވަނީ ފެނަކަ އިހަވަންދޫ ބުރާންޗުގެ ފަރާތުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް