އަންބަރުމަސް މައިޒާނުގެ ނަމުގައި ކައުންސިލުން މައިޒާނެއް ތަރައްޤީކުރަނީ
އަންބަރުމަސް މައިޒާނުގެ ނަމުގައި މައިޒާނެއް ތަރައްޤީކުރަން ނިންމާފައިވާކަން އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަން ކައުންސިލުން އިއުލާނުކުރީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އިހަވަންދޫ މަދަރުސާގައި އޮތް ރައްޔިތު ބައްދަލުވުމުގައެވެ.
ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އަންބަރުމަސް ނަމުގައި ހަދަން ގަސްތުކުރާ މައިޒާނަކީ، މިހާރު މިސްކިތް މަގުގައި އޮތް މައިޒާނާއި އެއްފަދަ ގޮތަކަށް ތަރަށްޤީކުރަން ގަސްތުކުރާ މައިޒާނެއްކަމުގައެވެ. ރައީސް ވިދާޅުވީ އެމައިޒާނުގެ މަސައްކަތް މިއަހަރުތެރޭ ފެށި އަންނަ އަހަރަށް ނިންމާލެވޭތޯ މަސައްކަތްކުރާ ކަމަށެވެ. އަންބަރުމަސް މައިޒާން ތަރައްޤީކުރުމަށް ނިންމާފައިވަނީ މިހާރުގެ "ޤަބީލާ" ސަރަހައްދުގައެވެ.
ބެލެވޭގޮތުގައި މިމައިޒާނަށް އަނަބަރުމަސް މައިޒާނުގެ ނަމުން ނަންދެނީ، 1960 އަހަރު ތަކުގެ ފަހުކޮޅު އިހަވަންދޫ ދޯނިތަކަކުން ކަފުޖަހައިގެން ގެނަ އަންބަރުމަހަށް ނިސްބަތްކޮށެވެ. އެމަސް ގެނެސް ބާއްވާފައިއޮތީ އިހަވަންދޫ އިރުމަތީ ފަރާތުން މިހާރުގެ "ޤަބީލާ" ސަރަހައްދުގައި ކަމަށްވެއެވެ. އެއަންބަރު މަހާ ބެހޭގޮތުން މިރަށު ގުލްފާމްގެ އަލްމަރުހޫމް، އަބުދުﷲ މޫސާ ހައްދަވާފައިވާ ޅެމުގައި، އެމަހުން ރަށަށްލިބުނު ތިޔާގިކަމާއި އޭރެގު މީހުންގެ ދިރިއުޅުމަށްކުރި އަސަރު ވަރަށްފަށުވި އިބާރާތުން ބަޔާންކޮށްދީފައިވެއެވެ. އަންބަރުމަހަކީ، މާވަހަރުމަސް ނުވަތަ އިނގިރޭސިބަހުން ނަމަ ސްޕާމް ވޭލްއެވެ. މާވަރު ނުވަތަ ގޮމަ އުފައްދަނީ ހަމައެކަނި އަންބަރު މަހުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް