ޚަބަރު

ބަރަހަނާ ފިރިހެނެއް ރަމްޒުކޮށްދޭ ބުދެއް އިހަވަންދޫއަށް ލައްގައިފި

ބަރަހަނާ ފިރިހެނެއް ރަމްޒުކޮށްދޭ ބުދެއް އިހަވަންދޫއަށް ލައްގައިފިއެވެ. ލަކުޑިން ހަދާފައިވާ އެބުދު އިހަވަންދޫއަށް ލައްގާފައިވާކަން އެގިފައިވަނީ މިއަދު މެންދުރުފަހު 3:40 ހާއިރުއެވެ. ބުދު ލައްގާފައި އޮތީ އިހަވަންދޫ ހުޅަނގުފަރާތުން ފެންޕްލާންޓާއި ދިމާއިން، އާނުގަނޑުގެ މައްޗަށެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުންވަނީ އެބުދު ފުލުހުންގެ ވެކިލްގައި ގެންގޮސްފައެވެ. ގާތްގަނޑަކަށް 4 ފޫޓް ދިގު އެބުދުގައި މޫދުގައި ގިނަދުވަހު އޮތުމުގެ ސަބަބުންޖަހާ ގާހަކަ ކޮންމެވެސްވަރަކަށް  ޖަހާފައި ހުއްޓެވެ.
މުޙައްމަދު އަކުރަމް