Mon, 02 Nov 2026, 02:41 PM

އިހަވަންދޫ ޑޮކްޔާޑް

ފަށާފައި ނުވޭ
އިހަވަންދޫ  ޑޮކްޔާޑް
އެވޯރޑްކުރި ތާރީހު
20 - ޑިސެމްބަރު - 2024
ފުރިހަމަވި މިންވަރު
0%
ކޮންޓްރެކްޓަރ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
ފަށާފައި ނުވޭ

އިހަވަންދޫ ޑޮކްޔާޑް

0%
ފުރިހަމަވި މިންވަރު
އެވޯރޑްކުރި ތާރީހު
20 - ޑިސެމްބަރު - 2024
ކޮންޓްރެކްޓަރ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

މަޝްރޫޢުގެ ޓައިމްލައިން

3 20 - ޑިސެމްބަރު - 2024

ޑޮކްޔާޑް ހެދުމުގެ އެއްބަސްވުމުގައި ސަޮއެކުރުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއިއެކު ސޮއެކޮށްފިއެވެ. އިހަވަންދޫ ރައްވެހިގޭގައި އޮތް މިރަސްމިއްޔާތުގައި  އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއެކުރެއްވީ   އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެކުރެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހްއެވެ.

2 20 - ސެޕްޓެމްބަރު - 2024

އެމްއޯޔޫގައި ސޮއެކުރުން

 ޑޮކްޔާޑާއި ސްލިޕްވޭ ތަރައްޤީކުރުމުގެ އެމްއޯޔޫ އެއްގައި އެމްޕީއެލްއާއި އިހަވަންދޫ ކައުންސިލާއި ދެމެދު ސޮއެކޮށްފިއެވެ. 

1 15 - ސެޕްޓެމްބަރު - 2024

އިހަވަންދޫގައި ޑޮކްޔާޑެއް ހަދަނީ

2024 އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ރޭ، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ރާއްޖޭގެ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިން ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލަކާއި ޑޮކްޔާޑެއް، އިހަވަންދޫގައި ތަރައްޤީ ކުރާނެ ކަމަށް ވިދާޅުވިއެވެ. 

އިހަވަންދޫ ކައުންސިލް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
މަޝްރޫޢު ޓްރެކަރ