ކުނިވާޒާތުގެ ކުނިއުކުމަށް ފާލަމެއް އެޅުމަށް ތައްޔާރުވަނީ: ކުރެހުންތަކާއި ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދަނީ!
އިހަވަންދޫގެ އުތުރުފަރާތުގައި، ކަރުގޮހޮރާއި އަދި ގޭގޭގައި އުފެދޭ ކުނިވާޒާތުގެ ތަކެތި ރައްކާތެރިކަމާއެކު އުކާލުމަށް ޚާއްސަ ފާލަމެއް އެޅުމަށް އިހަވަންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން، ފާލަން އެޅުމަށް ބޭނުންވާ ކުރެހުންތަކާއި ބިލް އޮފް ކޮންޓިޓީސް (ބީ.އޯ.ކިއު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން ވަނީ މިއަދު އިޢުލާނުކޮށްފައެވެ.
މި މަޝްރޫޢަކީ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ކަނޑަށް ކުނި އެޅުން ހުއްޓުވައި، ދިރިއުޅޭ މާހައުލަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މުހިންމު މަސައްކަތެކެވެ. ކަރުގޮހޮރާއި ގޭގޭގައި އުފެދޭ ކުނިވާޒާތުގެ ތަކެތި ރަނގަޅު އުސޫލުތަކެއްގެ ދަށުން ނައްތާލުމަށް މިފަދަ ފާލަމެއް އަޅާނެކަމަށް، އިހަވަންދޫ ކައުންސިލުން އެންމެފަހުން ބޭއްވި ރައްޔިތު ބައްދަލުވުމުގައި އިއުލާނުކޮށްފައިވެއެވެ.
އިހަވަންދޫ ކައުންސިލުންހޯދަނީ މި ފާލަން އެޅުމަށް ބޭނުންވާ ކޮންސެޕްޓާއި، އާކިޓެކްޓުރަލް، އިންޖީނިއަރިންގ ޑްރޯވިންތަކާއި އަދި މި މަސްރޫޢުގެ ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެކެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ procurement@ihavandhoo.gov.mv އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500285 ނަންބަރު ފޯނަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...
19 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް